ޚަބަރު

ދިގުރަށުގެ މަގުތައް ހެދުމާއި ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި


  • މި މަޝްރޫއުގައި ސޮއިކުރީ ރައީސްގެ ދަތުރުފުޅުގައި

  • އެރަށުގައި ގިނަ މަޝްރޫޢުތަކެއް ޢަމަލީގޮތުންވެސް ފަށާފަވޭ

ދިގުރަށުގެ މަގުތައް ހެދުމާއި ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބްއެވެ.

މީގެއިތުރުން ސްކޫލް އާ އިމާރާތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ވެސް ހަވާލުކުރީ އާރްޑީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢުއެވެ.

މި އެއްބަސްވުންތަކުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމުއެވެ.