ޓުއަރިޒަމް

"މޯލްޑިވްސް ބޯޓިން އެވޯޑް"ގެ ޕާޓްނަރުން އިޢުލާންކޮށްފި


ލިވް އެބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް"ގެ ޕާރޓަނަރުން ޢިއުލާންކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ލިވް އެބޯޑް އެސޯސިއޭޝަންގެ ފަރާތުން ޕާޓްނަރުންނާއި އެކު ވަނީ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަހަރުގެ "މޯލްޑިވްސް ބޯޓިން އެވޯޑް"ގެ މެއިން ސްޕޮންސަރ އަކީ، ގަލްފް ކްރާފްޓް މޯލްޑިވްސް އަދި ކޯ ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް މޯލްޑިވްސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އެވެ.

img:http://s2.psmnews.mv/images/660x400/14715144861812.jpg|ސަފާރީ އުޅަނދެއް

މިއަހަރުގެ މޯލްޑިވްސް ބޯޓިންގ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިދިޔަ މޭމަހުގެ ތެރޭގައިވަނީ ހުޅުވާލާފައެވެ. އަދި އޮންލައިން ވޯޓިން އަށް އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރައްވައެވެ. މި އަހަރުގެ ބޯޓިންގ އެވޯޑު ތަފާތު 25 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

"މޯލްޑިވްސް ބޯޓިން އެވޯޑް" މިއަހަރު ދޭ ދާއިރާތަކުގެ ތެރޭގައި، އެންމެ ރަނގަޅު ޔޮޓު ބިލްޑަރާއި، އެންމެ ރަނގަޅު ލިވްއެބޯޑާއި، ދެ ސައިޒަކުން އެންމެ ރަނގަޅު ފައިބަރު އުޅަނދާއި، އެންމެ މޮޅު ބޯޓު ޑިޒައިނާއި، އަހަރުގެ ލިވްއެބޯޑް ބްރޭންޑާއި، އަހަރުގެ ލިވްއެބޯޑް އޮޕަރޭޓަރާއި، އެންމެ މޮޅު ޑައިވިންގ ގިއަރއާއި، އަހަރުގެ އެންމެ ރަނގަޅު ކައްޕިތާނާއި، އެންމެ ރަނގަޅު މެރިން އިންޖީނާއި، އިންޝުއަރެންސް ޕާޓުނަރު ފަދަ ދާއިރާތައް ހިމެނެއެވެ.