ކުޅިވަރު

ހދ ޗެމްޕިއަންކަން ހަނިމާދޫ އަދި ހއ ޗެމްޕިއަންކަން ކެލާ


މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ އަދި ހއ.އަތޮޅުގެ ޗެމްޕިއަންކަން ކެލާ ހޯދައިފިއެވެ. 

ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހދ ހަނިމާދޫ ހޯދީ ފައިނަލްގައި ކުޅުދުއްފުށި 9 އެއް ސުމެއްގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފްގެ ކުޅުންވެސް ހަނިމާދޫން ނިންމާލީ 4 ސުމެއްގެ ލީޑަކާއިއެކުއެވެ.

img:http://s2.psmnews.mv/images/660x400/14713607831551.jpg|ހއ ޗެމްޕިއަންކަން ހޯދި ކެލާ ޓީމް

 ހއ. އަތޮޅުގެ ޗެމްޕިއަންކަން ކެލާ ހޯދީ ފައިނަލްގައި ދިއްދޫއާއި ވާދަކޮށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެކެއް އެކަކުން ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކެލާ ކުރިހޯދީ ހަތަރެއް ތިނަކުންނެވެ. 

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރުވަނީ އިތުރު ދެ މެޗް ކުޅެފައެވެ. ށ.އަތޮޅުގައި ފުނަދޫ އަދި ޅައިމަގުގެ ކުރިމަތިލުން ފުނަދޫ ކާމިޔާބުކުރީ ހަތެއް ސުމަކުންނެވެ. މ އަތޮޅުގައި ކުޅުނު މެޗް ނާލާފުށި ކާމިޔާބުކުރީ މަޑުއްވަރީއާއި ވާދަކޮށް ދޭއް އެކަކުންނެވެ.