ޚަބަރު

ކެޔޮދޫ ސްކޫލް އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • މި މަޝްރޫއުގެ ދަށުން 11 ކްލާސްރޫމް ހަދާނެ

  • މި މަޝްރޫއުގެ އަގަކީ 23.79 މިލިޔަން ރުފިޔާ

ކެޔޮދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

ކެޔޮދޫ ހަދާ 4 ބުރީގެ ސްކޫލް އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.

ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްލަޠީފް މުޙައްމަދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ކެޔޮދޫ ސްކޫލް އައު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއ،ި 1 ސްޓާފްރޫމާއ،ި 1 ކޮމްޕިއުޓަރ ލެބާއ،ި 1 ސައިންސް ލެބް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

ކެޔޮދޫގައި އައު ސްކޫލާއެކު މިހާރު ސްކޫލް ކުދިންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބ،ި ކިޔަވާ ކުދީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީން ވިދާޅުވިއެވެ. އަދި މި ސްކޫލްގައި ގާއިމުކުރެވޭ ލެބޯރެޓަރީގެ ސަބަބުން ކިޔަވާ ކުދީންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫ އަކީ ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ.