ތަރައްްޤީ

ފ.އަތޮޅުގެ އެއަރޕޯޓް ތަރަށްޤީކުރުމާ ގުޅޭ ސަރވޭ ނިމިއްޖެ


ފ.އަތޮޅުގައި ސަރަޙައްދީ އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމަށްޓަކައި، އެއަރޕޯޓް ހައްދަވާނެ ތަނެއް ކަނޑައެޅުއްވުމަށް ދިރާސާ ކުރައްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު މުޙައްމަދު ވިދާޅުވީ، ސާރވޭ ޓީމުން ފ.ނިލަންދޫގެ ފަޅުތެރެއާއި ރަށުތެރޭގެ ބައެއް ސަރަޙައްދުތައް ބައްލަވައި ސާރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރައްވާފައި ވާކަމަށެވެ. އަދި އެއާޕޯޓު ތަރައްޤީކުރައްވާނެ ތަނަކާއި، ޑިޒައިނާއި، ކޮންސެޕްޓް، އެސާރވޭގެ ނަތީޖާ ލިބުމުން އެނގިގެން ދާނެކަމަށް ޙަމީދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14698650471052.jpg|ފ.އަތޮޅު- ފޮޓޯ: ގޫގްލް އާރތް

މިމަސައްކަތުގައި ޙަރަކާތްތެރިވެފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ޗައިނާގެ ކުންފުންޏަކުން ކަމަށް ޙަމީދު ވިދާޅުވިއެވެ.

ފ. އަތޮޅުގައި ތަރައްޤީކުރައްވާ މި އެއަރޕޯޓުގެ ސަބަބުން އަތޮޅުގެ އާބާދީގެ ބޮޑު ބަޔަކަށް ދަތުރު ފަތުރުކުރުމުގައި ލުއި ފަސޭހަތައް ލިބިގެން ދާނެކަމަށް އަތޮޅު ކައުންސިލުން ޤަބޫލްކުރައްވައެވެ.

ފ.އަތޮޅުގައި އެއަރޕޯޓެއް ހެއްދެވުމަށް ސަރުކާރުން ނިންމަވައި، ޢަމަލީ ގޮތުން މަސައްކަތްތަކެއް ފެށިގެން ދިއުމަކީ މަޝްރޫޢާމެދު އުންމީދު އާވެގެންދިޔަ ކަމެއްކަމަށް އަތޮޅު ކައުންސިލުން ދެކިވަޑައިގަންނަވައެވެ.