ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރަން ފަށައިފި


  • ގޯތީގެ އިންވަކިކޮށް އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިން ވަނީ ފަށާފައި

  • އެކި ދުވަސްމަތިން އިންވަކިކޮށް ބިން ޙަވާލުކުރުމުގެ މަސައްކަތް ކުރާނެ

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ފަށާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމަށްޓަކައި، އެސަރަޙައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތް މިމަހުގެ 3ވަނަ ދުވަހު އިމާރާތްކުރުމާއު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ފައްޓަވާފައެވެ. ފުރަތަމަ ގޯތި ޙަވާލުކުރާ ފަރާތްތަކަށް ގޯތި ދޫކުރުމަށް އާދިއްތަ ދުވަހުވަނީ ބިމުގެ ވެރިފަރާތްތައް ގުޅިފަޅަށް ގެންގޮސްފައެވެ.

ގޯތިތައް ވެރިފަރާތްތަކާ ހަވާޅުކުރަން ފެއްޓެވިަކން ހާމަކުރައްވައި އިމާރާތްކުރުމާއު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރުމުން އެބިންތައް ހިމެނޭ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައްވެސް ހަވާލުކުރަމުން ގެންދާނެކަމަށެވެ.

ގުޅިފަޅުން ހޯތި ދިނުމަށްތަކައި މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީން އެވުޒާރާއިންވަނީ ޙަވާލުކުރައްވާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒަރާގެ އަމާޒަކީ ގޯތި ލިބުނު ފަރާތްތަކަށް ވީހާވެސް އަވަހަކަށް ގޯތިތައް ދޫކޮށް ނިންމާލުމެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯތީގެ ގުރުއަތު އަލުންވަނީ ނަގާފައެވެ. އެއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލަކާއި ގުޅިގެންނެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ގުޅިފަޅުގައި ސޯޝަލް ހައުސިންގއަށްވެސް ބޮޑު ސަރަޙައްދެއްވަނީ ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާނެ ބިންތައްވެސްވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށާއި، ސިޓީހޮޓާ ތަރައްޤީކުރުމަށްވެސް އެކި ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްތަކައި އާންމު އިޖުތިމާޢީ އެކި ސަރަޙައްދުތަކާއި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.