ޚަބަރު

ޤުދުސްގައި ނުރައްކާތެރި ބަޑީގެ ޙަމަލާއެއް، ޒަޚަމްވި ގިނަ މީހުންގެ ޙާލު ގޯސް


ފަލަސްޠީނުގެ ޤުދުސްގެ ރަށް ބޭރުގައި ބަޑީގެ ހަމަލާއެއްދީ ހަ މީހުން މަރާލައިފިއެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެ ސަރަޙައްދުގައި ދީފައިވާ މި ފަދަ އެންމެ ގެއްލުން ބޮޑު އެއް ޙަމަލާއެވެ.

މި ޙަމަލާ ދީފައި ވަނީ ބަސްހުއްޓިއެއް ކައިރީގައެވެ. ޙަމަލާ ދީފައި ވަނީ ފަލަސްޠީނަށް ނިޞްބަތްވާ ދެ މީހުންނެވެ. ޙަމަލާގައި ހަ މީހުން މަރުވެފައިވާއިރު 20އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން ހަ މީހަކަށް ވަނީ ބޮޑެތި ޒަޚަމްތައް ވެފައެވެ. ޙަމަލާ ދިނުމާއެކު އެ ސަރަޙައްދުގައި ހުރި ޔަހޫދީ ސިފައިންގެ މީހަކާއި ހަތިޔާރު އެޅި ޢާންމުންގެ މީހަކު ވަނީ ޙަމަލާ ދިން މީހުން ޝަހީދުކޮށްލައިފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ނެރުއްވި ބަޔާނެއްގައި ވަނީ ފަލަސްޠީނުގެ ރައްޔިތަކަށް ވިޔަސް އަދި ޒަޔަނިސްޓު އިސްރާއީލުގެ ރައްޔިތަކަށް ވިޔަސް އަމާޒުކޮށްދޭ ކޮންމެ ޙަމަލާއެއް ކުށްވެރިކުރައްވައި ކަމަށް ވިދާޅުވެފައެވެ.

ފަލަސްޠީނުގެ ރަައްޔިތުންތަކެއް މި ޙަމަލާ ދީފައި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް އެ ސަހަރަށް ދެމުންދާތާ ދެ އަހަރާ ގާތްވެފައި ވަނިކޮށެވެ. ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާގެ ސަބަބުން މުޅި ސަހަރު ވަނީ ސުންނާފަތިވެ ވީރާނާވެފައެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ވެސް ދަނީ ޔަހޫދީންގެ ޙަމަލާތަކާއި ދުއްތުރާތަކާ ކުރިމަތިލަމުންނެވެ. ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އެ ސަހަރުގެ 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.