ކުޅިވަރު

ވެލެންސިޔާ ލީގުގެ ތިންވަނައަށް ޖެހިލައިފި


ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރލީގްގެ ތާވަލްގެ ތިންވަނައަށް ވެލެންސިޔާ ޖެހިލައިފިއެވެ. 

ލީގުގައި މިއަދު ހަވީރުކުޅުނު މެޗް ކްލަބް ވެލެންސިޔާ ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީއާއި ވާދަކޮށްދޭއް ސުމަކުންނެވެ. މެޗުގެ ފުރަތަމަ މިނެޓްގައި ވެލެންސިޔާގެ ފުރަތަމަ ލަނޑުޖަހައިދިނީ އަހުމަދު ރިލްވާންއެވެ. ދެވަނަ ހާފްގެ 68 ވަނަ މިނެޓްގައިވެލެންސިޔާގެ މުހައްމަދު ޝިފާނަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންއެޓީމް މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއިއެކުއެވެ. އޭގެހަތަރު ނިމެޓްފަހުން ވެލެންސިޔާއަށް ލީޑް ފުޅާކޮށްދިނީ ބިދޭސީ ފޯވާޑް އެންޖެލްކަރަސްކޯސާ މުނޯޒްއެވެ.

 މި ނަތީޖާއާއިއެކު ވެލެންސިޔާވަނީ ލީގް ތާވަލްގެ ތިންވަނައަށްޖެހިލާފައެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގް ތާވަލްގެ ތާވަލްގެ ހަވަނައިގައެވެ.ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީސްޕޯޓްސް ކްލަބެވެ.