ތިމާވެށި

މުރަކަ މީހުން ހުޅުމާލެއަށް ހުކުރު ދުވަހު އަންނަނީ..


"މުރަކަ މީހުން" ހުޅުމާލޭ ސެންޓްރަލް ޕާރކަށް އަންނަނީ އަންނަ ހުކުރު ދުވަހު ހަވީރު 4 ން ރޭގަނޑު 10 އަކަށެވެ.

tw:https://twitter.com/IUCN_Maldives/status/760709366588649473

"މުރަކަ މީހުން" މިއީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ މޯލްޑިވްސް - އައިޔޫސީއެން މޯލްޑިވްސްއިން މުރަކަ ފަރުތަކާއި އިންސާނީ އާބާދީއާމެދު ހުރި ގުޅުމާއިމެދު ހޭލުންތެރިކުރުވުމަށް އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ފެށުމަށް ހަމަޖައްސާފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ މުރަކަ ފަރުތަކުގެ ދިރުމުގެ މައްޗަށް އިންސާނުންގެ ދިރިއުޅުން ބަރޯސާވެފައިވާ މިންވަރު ވަޒަންކޮށްދިނުމާއި މުރަކަ ފަރުތައް ރައްކާތެރިކުރުމުގެ ބޭނުންތެރިކަން އާއްމުންނަށް ވިސްނައިދިނުން ކަމަށް އައިޔޫސީއެން އިން ބުނެއެވެ.

fb:https://www.facebook.com/iucnmaldivesmarine/photos/a.184912151711826.1073741828.183295885206786/573786696157701/?type=3

މި ހަރަކާތުގެ ތެރެއިން އިތުރު ބައެއް ސަޕްރައިޒްތަކެއް އަންނާނެ ކަމުގެ ބައެއް އިޝާރާތްތަކެއްވެސް އައިޔޫސީއެން މޯލްޑިވްސްގެ ފަރާތުން މިހާރު ވަނީ ދީފައެވެ.

tw:https://twitter.com/IUCN_Maldives/status/760431234677747712

"މި ހަރަކާތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވޭ. މި އިވެންޓުގެ ތެރެއިން ދިވެއްސާއި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ކޮމިކެއް ނެރުމަށް ވަނީ ހަމަޖެހިފަ. މިއީވެސް އައިޔޫސީއެންގެ ފަރާތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، މިފަދަ ކަންކަމަށް ޝައުޤުވެރިކަން އުފައްދަން ކުރާ ކަމެއް" އައިޔޫސީއެންގެ ކޮމިއުނިޓީ އެންގޭޖްމަންޓް ލައޭސަން މުންޝިދާ އިބްރާހީމް ބުންޏެވެ.

މިހަރަކާތުގެ ތެރެއިން ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އައިޔޫސީއެން މޯލްޑިވްސްއިން ބުނެއެވެ. tw:https://twitter.com/IUCN_Maldives/status/760054118790467584

ހުކުރު ދުވަހު އިފްތިތާޙު ކުރާ "މުރަކަ މީހުން" ކެމްޕޭނަކީ ދިވެހި ސަރުކާރާއި ޔޫއެސްއޭއައިޑީ އަދި އައިޔޫސީއެން މޯލްޑިވްސް ގުޅިގެން ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ހިންގަވާ ޕްރޮޖެކްޓް ރީޖެނެރޭޓްގެ ދަށުން ކުރިޔަށްގެންދާ ހޭލުންތެރި ކުރުވުމުގެ ހަރަކާތެކެވެ. އައިޔޫސީއެން މޯލްޑިވްސްއިން ރާއްޖޭގައި ދަނީ ތިމާވެއްޓާބެހޭ ގިނަ އަދަދެއްގެ ސައިންޓިފިކް ރިސަރޗްތަކެއްވެސް ހަދަމުންނެވެ. އަދި އާއްމުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައިޔޫސީއެންއިން މީގެ ކުރިންވެސް ވަނީ ބައެއް ހަރަކާތްތައް ހިންގާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ތިމާވެށީގެ ތަޖްރިބާކާރުން ގެނެސްގެން މަހަކު އެއްފަހަރު އެމްއެންޔޫ އޮޑިޓޯރިއަމްގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޕަބްލިކް ސެމިނާރތަކުގެ އިތުރުން "މޫދު މާކަނޑު ފެސްޓިވަލް" ފަދަ ބައެއް ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.