ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. ލަންދޫއަށް ވަޑައިގެންފި، މިއީ މިއަދުގެ ފުރަތަމަ މަންޒިލް


  • ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާނެ

  • ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 21 އިން 25 ކުރައްވާ ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލަންދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވަފައެވެ. ލަންދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ފަސްވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ލަންދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެެރެއިން ލަންދޫގައި އަަލަށް އިމާރާތްކުރާ ފިޓްނަސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 21 އިން 24 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.