ޚަބަރު

މިހާތަނަށް ރިޕޯޓް ހުށައަޅާފައިވަނީ 138 ކައުންސިލުން - އެލްޖީއޭ


ލާމަރުކަޒީ ޤާނޫނުގެ ދަށުން ފުރަތަމަ 6 މަސް ދުވަހު ކައުންސިލްތަކުން ހުށައަޅަންޖެހޭ ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް މިހާތަނަށް ހުށައަޅާފައިވަނީ 138 ކައުންސިލުންކަމަށް ލޯކަލްގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭއިން ހާމަކުރައްވައިފިއެވެ.

ލާމަރުކަޒީ ޤާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ 6 މަސްދަވަހު ކައުންސިލްތައް ހިނގާދިޔަ ގޮތުގެ ރިޕޯޓް ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެއަތޮޅެއްގެ އަތޮޅުކައުންސިލަށް ފޮނުވަންޖެހެއެވެ. އަދި ޖުލައިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން  ރިޕޯޓްތައް އެލްޖީއޭއަށް ފޮނުވަންޖެހެއެވެ.

ރާއްޖޭގައި އޮތް ދެ ސިޓީ ކައުންސިލުން މި ރިޕޯޓް ފޮނުވާފައިވާއިރު، ރާއްޖޭގައި އޮންނަ  19 އަތޮޅު ކައުންސިލުގެ ތެރޭން 18 އަތޮޅު ކައުންސިލެއްގެ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއްވައެވެ. އަދި 188 ރަށު ކައުންސިލުގެ ތެރެއިން މިހާތަނަށް 118 ރަށު ކައުންސިލަކުން ރިޕޯޓް ފޮނުއްވާފައިވާއިރު، 70 ރަށު ކައުންސިލަކާއި އެއް އަތޮޅު ކައުންސިލަކުން އަދި މި ރިޕޯޓް ފޮނުއްވާފައި ނުވާކަމަށް އެލްޖީއޭއިން މަޢުލޫމާތު ދެއްވައެވެ.