ޚަބަރު

އައު ޓަރމިނަލްގެ މަސައްކަތަށް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް


  • މި ބަދަލުތައް ގެންނާނީ މިރޭގެ 12 އިން ފެށިގެން

  • ޓެކްސީ ކިއު ބަދަލުކުރަނީ ކުރީގެ ކާގޯ ޓަރމިނަލް ސަރަހައްދަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ބަދަލުތައް ގެންނާނީ މިރޭގެ 12 އިން ފެށިގެންކަމަށެވެ.

ޓްރެޕިކްފްލޯއަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ ޓްރެފިކް ފްލޯއަށް ގެނެވިފައިވަނީ މުހިންމު ދެ ބަދަލެއް ކަމަށެވެ. އެގޮތުން މީގެކުރިން ޑޮމެސްޓިކު ފްލައިޓުތަކުން ދަތުރުކުރާ ފަރާތްތަކުން ކާރުގައި އައިސް މަޑުކުރާ ތަން މިހާރު ވަނީ އިންޓަރނޭޝަނަލް ފްލައިޓް ދަތުރުކުރާ ފަރާތްތަކުން ކާރު މަޑުކުރާ ސަރަހައްދަށް ބަދަލުކޮށްފައިކަމަށެވެ.

އެގޮތުން ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފަލައިޓްއިން ދަތުރުކުރާ ފަރާތްތަކުން ކާރުގައި އައިސް ދެން ފައިބަން ޖެހޭނީ މިހާރުގެވެސް އިންޓަރނޭޝަނަލް ފަލައިޓުން ދަތުރުކުރާ ފަރާތްތަކުން ފައިބާ ސަރަހައްދަށްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ފްލައިޓުން އަދި ޑޮމެސްޓިކް ފްލައިޓުން މާލެ އަންނަ ފަރާތްތަކުން ދެން ޓެކްސީ ހޯދަން ދާން ޖެހޭނީ ކުރީގެ ކާރގޯ ސަރަހައްދުން ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. އެމްއޭސީއެލްއިން ވަނީ އެސަރަހައްދުގައި ޓެކްސީ ހޯދާ ފަރާއްތަކަށް ދަތިނުވާނެ ފަދަ ގޮތަައް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

"ޓްރެފިކް ފްލޯއަށް މިގެނެވުނު ބަދަލާއެކު އިންދާޒާކުރެވޭ އަޅުގަނޑުމެންގެ ފްލައިޓު މޫވްމަންޓްއާއެކީގަވެސް އުޅޭނެ ކޮންމެވަރެއްގެ ދަދިތަކެއް ހުންނާނެކަން ގަބޫލުކުރެވޭ. މި ބަދަލްއާއި ދަދިތައް މި ހިދުމަތް ހޯދާފަރާއްތަކަށް ދަތިނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އިންތިޒާމުތައްވެސް ވަނީ ރާވާލެވިފައި" އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މިދުސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާއްތަކެއް ދަތުރުކުރާ ދުވަސްވަރަކަށް ވުމުން މާލެ އިން އެއަރޕޯޓަށް ދަތުރުކުރާ ފަރާއްތަކަށް ހެންވޭރު އެމްޓީސީސީ ފެރީ ޓަރމިނަލްއިން ފެރީގެ ޙިދުމަތް ޖެހިފައިފާކަމަށެވެ. އަދި ހުޅުމާލެއިން އަންނަ ފަރާތްތަކަށް އެމްޓީސީސީ ބަހުގެ ޙިދުމަތް ހަމަޖެހިފައިވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ގިނަ ތައްޔާރީތަކެއް އެރޕޯޓުން ދަނީ ވަމުންނެއެވެ. އެގޮތުން އައު ޓަރމިނަލްގެ އެކި ކަންކަން ޓެސްޓުކޮށް ގިނަ ޓްރިއަލްތަކެއް ދަނީ ކުރިއަށް ގެންދަމުންނެއެވެ.

އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި ޖުލައި 26ގައެވެ.