ތަރައްްޤީ

ސީއެސްސީން ހިއުމަން ރިސޯސް އޮޑިޓެއްކުރަން ފަށައިފި


ސިވިލް ސަރވިސް ކޮމިޝަނުން ހިއުމަން ރިސޯސް އޮޑިޓެއް މިއަދު ކުރަން ފަށްޓަވައިފިއެވެ.

މި އޮޑިޓަކީ ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް، ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކޮށް ކަންކަން ދިރާސާ ކުރުމުގެ މަޤުޞަދުގައި ކުރިޔަށްގެންދަވާ އޮޑިޓެއްކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި އިންސާނީ ވަޞީލަތުގެ ޙާލަތު އޮތްގޮތާއި ބޭނުން ކުރެވެމުންދާގޮތާއި މުވައްޒަފުންގެ ޤާބިލްކަން ހުރި ނެތްގޮތް ދެނެގަތުން މިއޮޑިޓް ކުރުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/7937.jpg|ސިވިލް ސަރވިސް މުވައްޒަފުންތަކެއް / ފޮޓޯ: ޕީއެސްއެމް

ހިއުމަން ރިސޯސް އޮޑިޓް ކުރުމުން ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީ ކުރުމަށާއި، ޚަރަދު ކުޑަކޮށް ޓެކޮނޮލޮޖީގެ ބޭނުން ހިފައި، ކުރިއެރުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މަސައްކަތުގެ ޤާބިލްކަން ދެނެގަތުންވެސް މި އޮޑިޓްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއިން މުވައްޒަފުންނަށް ހިންގަވަން ބޭނުންވަނީ ކޮންކަހަލަ އަދި ކޮންފެންވަރެއްގެ ތަމްރީން ކޯސްތަކެއްކަންވެސް މި އޮޑިޓް ކުރެވުމުން އެނގިގެންދާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކަށް މުވައްޒަފުން ބޭނުންވާ މިންވަރަކީ ކޮބައިކަން ދެނެގަނެވި، ސްޓްރެޓެޖިކް ބަދަލު ގެނައުމަށް ފަސޭހަވެގެންދާނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.