ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ޓަވަރަކުން މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މީހަކު ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށެވެ. އަދި އޭނާ ވެއްޓުނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި ވެއްޓުނު މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.