ޓުއަރިޒަމް

"25 ބެސްޓް އައިލެންޑް ބީޗަސް ފޮރ ސުވިމިންގް އެންޑް ސްނޯކްލިންގް"


މަޝްހޫރު ޓްރެވަލް މަޖައްލާއެއްކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަރއިން އެކުލަވާލި '25 ބެސްޓް އައިލެންޑް ބީޗަސް ފޮރ ސުވިމިންގް އެންޑް ސްނޯކްލިންގް' ލިސްޓްގެ އެއްވަނަ ރާއްޖެއަށް ލިބިއްޖެއެވެ.

މޫދަށް އެރިއުޅުމަށާއި ސްނޯކްލިންއަށް އެންމެ ކަމުދާ ބީޗް އައިލެންޑް ލިސްޓުގެ އެއްވަނަ ރާއްޖެއަށް ލިބިފައިވާއިރު، 2 ވަނައަށް ހޮވިފައިވަނީ މޮޒަންބީކުގެ ބަޒަރޫޓޯ އާކިޕެލާގޯ އަދި 3 ވަނައަށް ހޮވިފައިވަނީ ފިލިޕިންސްގެ ޕަލަވަންއެވެ.

ކޮންޑެނާސްޓް ޓްރެވަލަރއިން ރާއްޖެއަށް އެލިސްޓްގެ 1 ވަނަ ލިބުމަކީ ހައިރާންވާންވީ ކަމެއް ނޫންކަމަށް އެމަޖައްލާއިން ބުނެފައިވެއެވެ. އަދި އެ މެޖައްލާއިން ވަނީ ރާއްޖޭގެ ރީތިކަމަށް ތަޢުރީފްކޮށްފައިވެއެވެ.

މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒްކޮށްގެން ނެރޭ ކޮންޑެނާސްޓް ޓްރެވަލަރއަކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ މަޖައްލާއެކެވެ. އެ މަޖައްލާއަށް ވަނީ 25 ނޭޝަނަލް މެގަޒިން އެވޯޑް ލިބިފައެވެ.