ކުޅިވަރު

ޖޮޓާގެ ހަށިގަނޑު ޕޯޗުގަލްއަށް ގެންގޮސްފި


ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަށިގަނޑު އޭނާގެ ގައުމު ޕޯޗުގަލްއަށް ގެންގޮސްފިއެވެ.

ޖޮޓާގެ ކާރު އެކްސިޑެންޓްވީ ސްޕޭނުގެ ވެރިރަށް މެޑްރިޑާ ގާތުގައިވާ ޒަމޯރާ ކިޔާ އަވަށެއްގައެވެ. އެއީ މެޑްރިޑުން ފުރައިގެން ލަންޑަނަށްދާ ފެރީ އަކަށް އެރުމަށް ބާރަށް ދުއްވަނިކޮށް ކާރުގެ ފުރޮޅު ނެއްޓި އަދި އިންޖީރުގައި އަލިފާން ރޯވުމުންނެވެ.

ސްޕޭނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މި އެކްސިޑެންޓްވިއިރު ކާރު ދުއްވަން އިނީ ކާކުކަން ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ޖޮޓާ އާއި މި އެކްސިޑެންޓްގައި ނިޔާވި އޭނާގެ ކޮއްކޮގެ ހަށިގަނޑު ބާއްވާފައި އޮތީ މެޑްރިޑުގައިވާ މޯޗަރީ އެއްގަ އެވެ. އަދި މި މޯޗަރީ އަށް ޖޮޓާގެ އަންހެނުންނާއި އާއިލާގެ ބައެއް މެމްބަރުން ވަނީ ހަށިގަނޑު އަދައި އަޅިއަށް ވެ އަދި ކުދިކުދިވެފައިވާ ހަށިގަނޑު ދެކިލުމަށް ގޮސްފަ އެވެ.

ދުނިޔޭގެ ބައެއް މީޑިއާތަކުން ވަނ 28 އަހަރުގެ ފޯވަޑްގެ އަންހެނުން މޯޗަރީގެ ބޭރުގައި ރޮނިކޮށް އާއިލާގެ މެމްބަރުން އޭނާ ރުއްސަން މަސައްކަތް ކުރާ މަންޒަރުތަކުގެ ފޮޓޯ ނަގައިފަ އެވެ. އޭނާ މަރުވުމުން ލިވަޕޫލާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ދަނީ ހިފެހެއްޓުމެއްނެތި ތައުޒިޔާ ކިޔަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ އޭނާގެ ކައިވެނި ހަފުތާ ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އަދި 123 މެޗުން ވަނީ 47 ގޯލު ޖަހައިދީފަ އެވެ.