ތަރައްްޤީ

ހޮނިހިރުދުވަހުވެސް ދާރުލްއާސާރަށް ޒިޔާރަތްކުރެވޭނެ- ހެރިޓޭޖް


ހޮނިހިރުދުވަހަކީވެސް ޤައުމީ ދާރުލް އާސާރު ހުޅުވިފައި ހުންނަ ދުވަހެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހަމަޖައްސަވައިފިއެވެ. 

ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން ވިދާޅުވީ ހޮނިހިރުދުވަހަކީ ކުރިން ޤައުމީ ދާރުލް އާސާރު ބަންދުދުވަހެއް ނަމަވެސް، ހޮނިހިރުދުވަހު ދާރުލްއާސާރު ހުޅުވުމަށް ނިންމެވީ ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ދާރުލް އާސާރު ހުޅުވިފައި ހުންނާނީ މެންދުރު ބާރަގަޑި ފަނަރައިން ފެށިގެން ހަވީރު ފަސްގަޑި ތިރީހަށްކަމަށް ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން މަޢުލޫމާތުދެއްވައެވެ. އަދި ބަންދުނޫން ދުވަސްތަކުގައި ދާރުލް އާސާރު ހުޅުވިފައި ހުންނާނީ ހެނދުނު ދިހަގަޑި ފަނަރައިން ފެށިގެން މެންދުރުފަހު ތިންގަޑި ތިރީހަށްކަމަށް ހެރިޓޭޖުން މަޢުލޫމާތުދެއްވައެވެ.

ޤައުމީ ދާރުލް އާސާރަކީ ގިނަ ޢަދަދަކަށް ފަތުރުވެރިންނާއި އާންމުން ޒިޔާރާތް ކުރަމުންދާ ތަނެކެވެ. އެހެންކަމުން ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން މި ގެންނެވި ބަދަލާއި ގުޅިގެން ހުކުރުދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ދާރުލް އާސަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.