ޚަބަރު

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ


  • ނިޔާވެފައިވާ ވަނީ އިތުރު ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު

ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެއެވެ

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެފައިވާކަމަށެވެ. ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން 5 މީހަކު އެހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، 4 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަ 5 މިހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި 3 ދިވެހިންނެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރުވެސް ދަނީ ކުރަމުން އަންނަކަމަށް މަޢުލޫމާތުލިބެއެވެ.

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިއިރު، އޭގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނުވެއެވެ.