ތަރައްްޤީ

މާޓާ ފެއަރގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި


މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު ކޮންސިއުމަރ ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަރލަ-ލަމްޕޫރުގައި ބާއްވާ މިފެއަރގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީ އާއި މަޓާޓޯއާއެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ބުނީ މެލޭޝިޔާގެ މި ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އަންނަ އޮގަސްޓްމަހުގެ ދިހައެއްގެ ކުރިން މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.  

މިފެއަރ ބާއްވާނީ އަންނަ ސެޕްޓެމްބަރުމަހުގެ 2 އިން 4 އަށެވެ.

މާޓާ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުވީސް ހާސް އަކަފޫޓުގެ ހޯލެއްގައެވެ. މިއަހަރުގެ ފެއަރއަށް މެލޭޝިއާއާއި، އާސިއާންގެ ޤައުމުތަކުން ގާތްގަނޑަކަށް ސަތޭކަ ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ.