މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ 3 ވަނަ ދަންފަޅީގައި 374 ދަރިވަރަކަށް އިނާމު ދީފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގެ 3 ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު މިއަހަރު ގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެކަމަށެވެ.
ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެއެވެ.
2023-2022 ވަނަ އަހަރު މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ސާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ އިނާމް ހާސިލްކޮށްފައެވެ.