 
										
			ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ފުނަދޫ އެއަރޕޯޓަށް މެދުކަނޑާލައިފިއެވެ. 
މަޢުލޫމާތު ލިބިފައިވާގޮތުގައި މޯލްޑިވިއަންގެ ދަތުރުތައް ފުނަދޫ އެއަރޕޯޓަށް ކުރުން މެދުކަނޑާލީ، އެ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. 
މިކަމާގުޅިގެން މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުނަދޫ އެއަރޕޯޓަށް މިއަދު އެ އެއަރލައިނުން ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލް ދަތުރުތައް ކުރެވެން ނެތްކަމަށެވެ. އަދި މިއަދަށް ޓިކެޓްނެގި ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 
		
— MaldivianAero (@MaldivianAero) June 7, 2025
			
މޯލްޑިވިއަނުން ވަނީ މިކަމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ 1671 އަށް ގުޅުމަށް އެދިފައެވެ. 
ޤައުމީ އެއަރލައިނުން އަންނަނީ ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 3 ދުވަހު ދަތުރުތައް ބާއްވަމުންނެވެ.