ޚަބަރު

ޢީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްދިޔަ ހަވީރަށް ބޮޑު ތަރުހީބެއް


  • ކުރިއަށްއޮތް 2 ދުވަހުވެސް މި ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނެ

ޢީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހަވީރުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

އަޟްޙާ ޢީދުގެ މުނާސަބަތުގައި މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ފުލުހުންނާއި ސިފައިން ޚާއްސަ އާއިލީ ހަވީރެއް ބާއްވައިފިއެވެ.

މި އާއިލީ ހަވީރުގައި ފުލުހުންނާއި ސިފައިން ބޭނުންކުރާ އެކިއެކި އާލާތްތައް ދައްކާލާ ވަނީ ކުޑަކުދިންނަށް އެކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ފުލުހުންނާއި ސިފައިން ބޭނުންކުރާ އެކިއެކި އުޅަނދުތަކަށް އަރައ ފޮޓޯނެގުމުގެ ފުރުސަތުވެސް ވަނީ ކުޑަކުދިންނަށް ފަހިކޮށްދީފައެވެ.

ޢީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހަވީރުގެ ތެރެއިން--

މި އާއިލީ ހަވީރަށް ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ އައިސްފައެވެ. އަދި މި ހަރަކާތްތަކުގައި ތުއްތުކުދިން ވަނީ ވަރަށް ޝަޢުފުވެރިކަމާއެކު ބައިވެރިވެފައިވެއެވެ. އެ ކުދިންގެ މޫނުމަތިން ފެނިގެންގޮސްފައިވަނީ އުފާވެރިކަމެވެ.

ޢީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހަވީރުގެ ތެރެއިން --

މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު މާބަލް ސަރަހައްދުގައެވެ. މި ހަރާކާތް ބާއްވާފައިވަނީ ހަވީރު 4 އިން 6 އަކަށެވެ. ޢީދާއި ގުޅުވައިގެން ކުރިއަށްއޮތް 2 ދުވަހުވެސް މި ހަރަކާތް އޮންނާނެއެވެ.