ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 500އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު އެކި އޮޕަރޭޝަންތައް ފުހުން ހިންގާއިރު، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފަ ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްވެސް އެ ޚިދުމަތުން އަންނަނީ ކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް މޭ 31 ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
..📸 ފުލުހުން ޓޯވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލުން.
— Maldives Police (@PoliceMv) June 2, 2025
އެގޮތުން 2025 މެއި 31 ވަނަ ދުވަހު ވަނީ ޖުމްލަ 568 އުޅަނދެއް ނައްތާލާފައި. އޭގެތެރޭގައި ހިމެނެނީ ދެފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު. pic.twitter.com/vtGREhWTzS
އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު އުފެދިގެން ދިއުންކަންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން މުހިންމު ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.