ޚަބަރު

ހުވަހަންދޫ ދަނޑުވެރިކަން ކުރަން ބަޔަކަށް ދީފައި ނުވޭ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ


  • ހއ. ހުވަހަންދޫ ވަނީ އަތޮޅު ކައުންސިލްއާ ހަވާލުކޮށްފައި

ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ބަޔަކަށް ދީފައިނުވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ އަޑި ނޭގޭ ގޮތަށް ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ކޭޑީ އެންޓަރޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދީފި ކަމަށް ބުނެ އަމިއްލަ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ހަގީގަތާ ޚިލާފު ގިނަ މައުލޫމާތުތައް ހިމެނޭތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ނެރުނު ބަޔާނެއްގައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ އަމިއްލަ ނޫހަކުން ޝާއިއުކޮށްފައިވާ ޚަބަރުގައި ހަގީގަތާ ޚިލާފު ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާތ،ީ އެކަމާއި މެދު އެވުޒާރާއިން ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އެ ވުޒާރާއާ އަދި ވަޒީރުއާ ގުޅުވައިގެން ލިޔެފައިވާ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމަށާއި އަދި މިއީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމުގައި ދެކޭކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެޚަބަރުގައި ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ކޭޑީ އެންޓަރޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދީފައިވާކަމަމަށްބުނެ ލިޔެފައިވީނަމަވެސް އެވުޒާރާއިން ކޭޑީ އެންޓަރޕްރައިސަސް އާއެކު އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެކަމަށާއި އަދި މިހާތަނަށް އެވުޒާރާއިން ދަނޑުވެރިކަމަށް ރާއްޖޭގެ އެއްވެސް ރަށެއް ދޫކޮށްފައެއް ނުވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެ.

މީގެއިތުރުން "އިންޓަރގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ދަނޑުވެރިކަން ކުރުމަށް ހއ. ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއިކޮށް ރަށް ހަވާލު ކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ކަމަށް އާޓިކަލްގައި ބަޔާންކޮށްފައިވާއިރު އެވުޒާރާގެ ދަށުން ހަދާ މިފަދަ އެއްބަސްވުންތަކުގައި އާންމު އުސޫލުގެ މަތިން ސޮއިކުރައްވަނީ މިނިސްޓަރ ނޫންކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ އެއްބަސްވުމެއްގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ސޮއިކޮށްފައިނުވާ ކަމުގެ ޔަގީންކަން ވެސް އެވުޒާރާއިން ވަނީ ދެއްވާފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެއެމްވީގެ އާޓިކަލްގައި ހިމަނާފައިވާ ފޮޓޯ އަކ،ީ އުސޫލުގެ ތެރެއިން މެންބަރުންނާ ބައްދަލުކުރައްވަން ދެއްވާ ފުރުސަތުގެ ތެރެއިނ،ް ހއ. ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުއް ލަތީފް މުޙައްމަދުގެ އެދިވަޑައިގަތުމަށް ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއްކަމަށެވެ.

މިބައްދަލުވުމުގައި ހއ. ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއިއެކު ކޭޑީ އެންޓަރ ޕްރައިސަސް ކުންފުނީގެ ފަރާތުން ބައިވެރިވެ ، އެއަތޮޅުގެ ދަނޑުވެރިކަމުގެ ތަރައްޤީއަށް ކުރިއަށްގެންދެވިދާނެ ބައެއް މަސައްކަތްތަކާ ގުޅޭ ޚިޔާލު ހުށަހަޅާފައިވާކަމަށެވެ. އަދި އެފޮޓޯއިން ފެނިވަޑައިގަންނަވާ ޑޮކިއުމަންޓްސްތަކަކ،ީ އެފަރާތުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލައި ހުށަހެޅި ޑޮކިއުމަންޓްސް ތަކެއްކަމަށްވެސް އެބަޔާނުގައި ފާހަގަކުރައްވާފައެވެ.

ހުވަހަންދޫ އަކީ ވަގުތީގޮތުން އެރަށް ބެހެލެއްޓުމަށް އެއަތޮޅުގެ އަތޮޅު ކައުންސިލްއާ މިމިނިސްޓްރީން ޙަވާލުކޮށްފައިވާ ރަށެކެވ.ެ އެވުޒާރާއިން ރަށްތައް ކުއްޔަށް ދޫކުރަނީ ވަކި ގަވައިދަކާއި އުސޫލެއްގެމަތިން ކަމުން އެފަދަ ނިންމުމެއް އެ ވުޒާރާއިން ނިންމާ ނަމ،ަ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެވެ.

އެގޮތުން ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށާއި މީޑިއާތަކަށް މައުލޫމާތު ހޯދާ ލިބިގަތުމަށް ވެސް ފަސޭހަ އުސޫލެއްގެ ދަށުންނެވެ އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ޢާއްމު ފަރުދުންނަށް ލިބިދެވޭ ޙައްޤަށް މި އެވުޒާރާއިން އަބަދުވެސް އިހްތިރާމް ކުރާނެކަމުގެ ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންކަމާ ގުޅުންހުރި މަޢުލޫމާތުތައް ލިޔުމުގައި އަދި ރައްޔިތުންނާއި ހަމައަށް ޚަބަރުތައް ފޯރުކޮށްދިނުމުގައި އާއި ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރުތައް ލިޔުމުގެ ބަދަލުގައި ހުރިހާ މީޑިއާތަކަކުންވެސް ޒިންމާދާރުކަމާއި އެކު މަޢުލޫމާތުހޯދައ،ި ސައްޚަކަން ކަށަވަރުކުރުމަށްފަހު ޚަބަރުތައް ލިޔުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.