ތަރައްްޤީ

ކަނޑުމަގުން ޔޫރަޕަށް އެތެރެވާން އުޅުނު 3000 ރެފިއުޖީން މަރުވި


އަމިއްލަ ޤައުމުގައި އުފުލަންޖެހޭ ކެކުޅުންތަކުން ސަލާމަތްވުމަށް ކަނޑުމަގުން ޔޫރަޕަށް ދަތުރުކުރުމުގެ ތެރޭގައި މިއަހަރުގެ މިހާތަނަށް ތިންހާހަށްވުރެ ގިނަ ރެފިއުޖީން މަރުވެފައިވާ ކަމަށް އިންޓަރނޭޝަނަލް އޯގަނަރިޒޭޝަން ފޮރ މައިގްރޭޝަނުން ބުނެފިއެވެ.

ޖެނީވާގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުން، އައި.އޯ.އެމްގެ ތަރުޖަމާނު ޖޯލް މިލްމަން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް 250،000 ރެފިއުޖީން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މެޑިޓަރޭނިއަން ކަނޑު ހުރަސްކުރުމުގެ ތެރޭގައި ގާތްގަނޑަކަށް 3000 ރެފިއުޖީން މަރުވެފައިވާކަމަށް މިލްމަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފާއިތުވެދިޔަ މުއްދަތު ހިމެނިފައިވަނީ މިދިޔަ 4 އަހަރާ އަޅާބަލާއިރު އެންމެ ގިނަ ރެފިއުޖީން ޣަރަޤުވެގެން މަރުވި މުއްދަތުކަން އޭނާ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/4273.jpg|ސޫރިޔާގައި ހާލުގައި ޖެހިފައިވާ ރެފިއުޖީންތަކެއް-

އަމިއްލަ ޤައުމުގައި ހިނގަމުންދާ ހަނގުރާމައާއި އެހެނިހެން ހަމަނުޖެހުންތަކުން ސަލާމަތްވުމަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް، ދަތުރުކުރާ އެތައް ބަޔަކު ކޮންމެ 24 ގަޑިއިރަކު މަރުވަމުންދެއެވެ. މިދިޔަ މާރޗް މަހުން ފެށިގެން މިހިނގައިދިޔަ މުއްދަތުގައި މިގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ވިއްސަކަށް މީހުން މަރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.