މާޒިޔާ ޓްރޭޑަރސްގެ ހާޑްވެއަރ ފިހާރަ ހުޅުވައިފިއެވެ. މިފިހާރަ ހުޅުވާފައިވަނީ މަޖީދީ މަގު މާޒިޔާ ޓްރޭޑަރސްގެ ކައިރީގައެެވެ.
މިފިހާރައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާޒިޔާގެ ޑިރެކްޓަރެއްކަމަށްވާ މުހަންމަދު މުހައިމިން ބުނީ ހާޑްވެއަރ ސަމާނު ވިއްކާ އެހެން ފިހާރަތަކުގައި ނުހުންނަ ވަރަށް ގިނަ މެޝިނަރީސް މާޒިޔާ ޓްރޭޑަރސްގެ ހާޑްވެއަރ ފިހާރައިން ލިބެން ހުންނާނެކަމަށެވެ. އަދި މާޒިޔާ ހާޑްވެއަރއިން ޕަވަޓޫލްގެ ހުރިހާ ކިޓަކަށް ބޭނުންވާ ސާމާނުގެ އިތުރުން އެއަށް ބޭނުންވާ ސަރވިސްވެސް ކުރިއަށް އޮތްތަނުގައި ދޭނެ ކަމަށް އޭނާ ބުންޏެވެ.
"ޓާގެޓަކީ މާޒިޔާ ހާޑްވެއަރއިން ކުރިއަށް އޮތްތަނުގައި ޕަވަޓޫލްގެ ހުރިހާ ކިޓަކަށް ބޭނުންވާ ސާމާނާ އެކަމަށް ބޭނުންވާ ސަރވިސް ދެވޭނެ ގާބިލުކަން ހުރުން." މުހަންމަދު މުހައިމިން ބުނިއެެވެ.
މާޒިޔާ ޓްރޭޑަރސްގެ ހާޑްވެއަރ ފިހާރަ ހުޅުވުމުގެ މުނާސަބަތާ ގުޅުވައިގެން އެފިހާރައިން ލަކީޑްރޯއެއްވެސްވަނީ ފަށާފައެވެ. މިމަހުގެ 22 އިން ޖޫން މަހުގެ 22އާ ހަމައަށް ކުރިއަށްދާ މިލަކީޑްރޯގައި އެތަނުން ކުރާ ކޮންމެ 250 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި، އަދި އެކޫޕަން ލިބޭއިރު އޭގަ ހުންނަ ތަކެތީގެ ތެރެއިން ކޮންމެވެސް އެކައްޗެއް ކޫޕަން ލިބޭ ފަރާތަށް ލިބޭނެއެވެ. މީގެ އިތުރުން އެފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއްވެސް ލިބޭނެކަމަށް މުހައިމިން ބުންޏެވެ.
މުހައިމިން ބުނީ މާޒިޔާ ޓްރޭޑާރސްގެ ހާޑްވެއަރ ފިހާރައިން އިންޑޮނީޝިޔާގެ ކްރިސްބޯ ކުންފުނީގެ ހުރިހާ ޕަވަޓޫލެއްގެ ލިބެން ހުންނާނެ ކަމަށެވެ.