ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަނުން އަތުން ރާއްޖެއަށް ޕޮއިންޓެއް


19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ވާދަކޮށް 2-2ގެ ނަތީޖާއަކުން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

އިންޑިއާގެ އަނޫރާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން އިތުރަށް ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މިމެޗުގައި ރާއްޖޭގެ ޓީމުން ޖެހި ދެލަނޑުވެސް ފެނިގެންގޮސްފަވަނީ ފަހުހާފުގައެވެ. ރާއްޖޭގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަނޫފް އަބްދުﷲ އާއި އީތަން އިބްރާހިމް ޒަކީއެވެ.

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުން ދެން ނުކުންނާނީ އަންނަ އަންގާރަދުވަހު ބޫޓާންއާ ދެކޮޅަށެވެ. މިޗެކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މެންދުރުފަހު 03:30ގައެވެ. މިމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ 15،000 މީހުންގެ ޖާގައިގެ ދަނޑެއްކަމަށްވާ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައެވެ.