ޓުއަރިޒަމް

އެންމެ ގިނަ ބަޔަކު ދާން ބޭނުންވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ


ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެންމެ ޒިޔާރަތްކުރަން ބޭނުންވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޓްރެވަލް ޑްރީމް ސަރވޭގެ ނަމުގައި ކުރި ސަރވޭއިން ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރަން އެންމެ ބޭނުންވާ 10 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެ ލިސްޓުގައި ހިމެނޭ މަންޒިލްތަކަކީ އޮސްޓްރޭލިއާ، އިޓަލީ، ފީޖީ، ގްރީސް، ނިއުޒިލޭންޑް، ދިވެހިރާއްޖެ، އަޔަލޭންޑް، ސައުތު އެފްރިކާ، ފްރެންޗް ޕޮލިނީޝިއާ، އެންޓާޓިކާއެވެ.

މި ސަރވޭއިން ދައްކާގޮތުން އެންމެ ކަމުދާ ދަތުރު ސްޓައިލަކީ ބީޗެވެ. އެގޮތުން އެ ސްޓައިލަށް 46 އިންސައްތަ ވޯޓު ވަނީ ލިބިފައެވެ. ދެން އެންމެ ގިނަ ވޯޓު ލިބިފައިވަނީ އެޑްވެންޗަރ ސްޓައިލްގެ ދަތުރުތަކަށެވެ.