ޚަބަރު

ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރަވި ޕޮލިސް ކޮންސްޓަބަލް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ


  • ފަރުވާ ދެމުންދަނިކޮށް ނިޔާވީ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް

  • އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގައި

ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ހާލު ދެރަވި ހުސެއިން ޤާއިސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މީޑީއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް (34އ) ހާލުދެރަވެ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

ދ. ވާނީގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ގާއިސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ މާލެ ގެނެސްފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށެވެ.

ފުލުހުންގެ ޚިދުމަތުންވަނީ މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވާފައެވެ.