މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުންމިދީ މަޝްރޫޢުއެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފިއެވެ. ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު ޤާއިމްކުރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.
Congratulations to President Dr. Mohamed Muizzu @MMuizzu on the visionary launch of the Maldives International Financial Centre (MIFC).
— Qasim Ibrahim (@qasimibrahim) May 5, 2025
This is a much-needed and transformative step toward diversifying our economy and positioning the Maldives as a global financial hub. For a… pic.twitter.com/Rn3NHd3OEN
ޤާސިމް އިބްރާހިމް ވިދާޅުވީ ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދިނުމަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރުގެ ބޭނުންތެރިކަން މުހިންމުކަމަށެވެ. މިއީ ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި މަސައްކަތައް ހުރިހައި ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ މާލީ ނިޒާމަށް އިންގިލާބެއް ގެނުވާނެ މަޝްރޫޢެއްކަން އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.