ނ. މަގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތްވެފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ނ. މަގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %90 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން މަގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބަނދަރުގެ އެއްގަމު ތޮށި އަދި ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކުރީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނ. މަގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %90 ވަނީ ނިމިފައި
— Ministry of Construction, Housing & Infrastructure (@MoCImv) April 22, 2025
މަޝްރޫޢުގެ އަދާހަމައަށް ބަލާއިރު، ބަނދަރުގެ އެއްގަމު ތޮށި އަދި ބޭރުތޮށި ވަނީ %100 ނިމިފައި
މިހާރު ކުރިއަށްދަނީ ބާ ބަނދަރު މަރާމާތުގެ މަސައްކަތް
Images via: @MTCCPlc #HarbourProjects pic.twitter.com/wn6OFFrAgY
ހެވީ ފޯސްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 46 މިލިޔަން ރުފިޔާއަށެވެ.
350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމާއެކު ދަތުރުފަތުރަށް އެރަށުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.