ޓުއަރިޒަމް

ޓްރެވަލް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ލޯންޗްކޮށް، އެ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރާއްޖެއާއި ސްރީލަންކާގައި އޮޕަރޭޓްކުރާ ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށް މެނޭޖްކުރާ މި އެވޯޑް ޝޯއަށް މި ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަން ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި އެވޯޑް ޝޯގައި ޖުމްލަ 37 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަމަށް ހައި ރައިޒުން ބުނޭއެވެ.

މި އެވޯޑް ޝޯ ބޭއްވުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކާއި ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުންކަމަށް ހައި ރައިޒުން ބުނެއެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކަމަށްވެސް ހައިރައިޒުން ހާމަކުރެއެވެ.