ލ.ގަމު ކެމްޕަހުގައި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެންދެރި ޕްރޮޖެކްޓްގެ ދަށުން މިކޯހަށް ސްޕޮންސަރޝިޕް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު މިއެއްބަސްވުމުގެ ދަށުން ތިމާވެށި އެންމެ ފުރިހަމައަށް ބަލަހައްޓާ، މުސްތަޤުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މީހުން ބިނާކުރެވޭނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. އަދި މިދާއިރާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ކުރިއަރާފައިވާ އެއްދާއިރާކަމަށާއި، އެހެންކަމުން މިދާއިރާއިން ވީހާވެސް ގިނަ ބަޔަކަށް ޢިލްމު އުގަންނައިދިނުމަކީ މުހިއްމުކަމެއްކަމަށް އެޔުނިވަރސިޓީން ވިދާޅުވިއެވެ. މިއެއްބަސްވުމަކީ އެފަދަ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް އެޔުނިވަރސިޓީން ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން ލ.ގަމުގެ އެމްއެންޔޫ ކެމްޕަހުގައި، ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުންވަނީ ސްޕޮންސަރކޮށްފައެވެ.
Agreement between the Ministry of Tourism and Environment and The Maldives National University to provide scholarships for the Bachelor of Science in Climate Change at Laamu Gan Campus.
— The Maldives National University (@MNUedu) April 15, 2025
The primary objective of this agreement is to support the Bachelor of Science in Climate… pic.twitter.com/2GkbyraxbC
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރު ވިދާޅުވީ، މިދާއިރާއިން އެކަށީގެންވާ މީހުން ބިނާނުކުރެވި އޮތުމަކީ މިހާތަނަށް އައިއިރު ވެވިފައިވާ ބޮޑު އިހުމާލެއްކަމަށެވެ.
"ތިމާވެއްޓާ މެދު ވިސްނާ މިދާއިރާގެ ކަންކަމަށް ލޯހުޅުވިގެން މިދިޔައީ ވަރަށް ފަހަކުން. މިއީ ވަރަށް ބޮޑު އިހުމާލެއް ދުނިޔެއާއި މެދު އަދި ވެއްޓާއި މެދުވެވިފައިވާ. އެކަން ރަނގަޅުކުރަން މަސައްކަތްކުރަން މިއަދު އަޅުގަނޑުމެން ޖެހޭނީ" ޒާހިރު ވިދާޅުވިއެވެ.
މިއެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.