ޚަބަރު

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރަނީ


އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރެއްވުމުގެ ޙަރަކާތްތައް ފަށްޓަވައިފިއެވެ.

މިހަރަކާތްތައް ކުރިއަށްދަނީ، އެމްއެންޔޫގެ ބިޒްނަސް ސުކޫލްގައެވެ. އެމްއެމްޔޫ ބިޒްނަސް ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރެއްވުމުގެ ގޮތުން "ހެލްތް ޑޭ"ގެ ނަމުގައި ހިންގި ޙަރަކާތްތަކާ ގުޅޭގޮތުން މި އިވެންޓްގެ ކޯޑިނޭޓަރ މަރިޔަމް ނިޔާފު ވިދާޅުވީ"ހެލްތް ޑޭ"ގެ ހަރަކާތްތަކަކީ އެންއެންޔޫ ބިޒްނަޒް ސްކޫލް ދަރިވަރުންނާއި އެތަނުގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ހިންގަވާ ޞިއްޙީ ޙަރަކާތްތަކެއް ކަމަށެވެ. އެގޮތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ފަރާތުން ކުރިއަށްގެންދިޔަ ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމާއި ޑައިބެޓިކްސް ސޮސައިޓީއާއި ގުޅިގެން ހިންގި ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމާއި ހީޓް ފިޓްނަސްއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ފިޓްނަސް ހަރަކާތްތައް ހިމެނެއެވެ.

މީގެ އިތުރުން މިމަހު 18 ވަނަ ދުވަހުވެސް "ހެލްތް ޑޭ" އާއި ގުޅޭ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެންއެންޔޫ ބިޒްނަސް ސްކޫލުން ހާމަކުރެއެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކުރެއްވީ އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ތެލެސީމިއާ ޓެސްޓް ކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް މި އިވެންޓްގެ ކޯޑިނޭޓަރ މަރިޔަމް ނިޔާފް ވިދާޅުވިއެވެ.

މީގެ އިތުރުން މަރިޔަމް ނިޔާފް ވިދާޅުވީ އެސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ޢުމުރުފުރާއަކީ މި ބާވަތުގެ ކަންތައްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރަންޖެހޭ އުމުރުފުރާއެއް ކަމަށާއި އެ ދަރިވަރުންގެ ޞިއްޙަތު ރަނގަޅުކުރެއްވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު މި ޙަރަކާތްތަކުގެ ތެރެއިން ދެވިގެންދާނެ ކަމަށެވެ.

ހަސަތޭކަ އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އަހަރީ ދުވަހަކީ، އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހެވެ.