ތަޢުލީމު

ނައިފަރުގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް ޤާއިމް ކުރަނީ


އައިލެންޑަރސް އެޑިޔުކޭޝަނުން، ނައިފަރު އެޑިޔުކޭޝަން ސެންޓަރ އަދި ސޮސައިޓީ އޮފް މަނަދޫ ޔޫތު ލިންކޭޖާއެކު އިޤްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ފްރެންޗައިސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލަތަކެއް އަތޮޅުތަކުގައި ޤާއިމްކުރުމަށް އައިލެންޑަރސް އެޑިޔުކޭޝަނުން އަލަށް ފެށި ޕުރޮގްރާމެއްކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މި ރަސްމިއްޔާގައި އައިލެންޑަރސް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑަރސް ގްރޫޕްގެ ޗެއަރމަން ޢަބްދުއްރަޝީދެވެ. އަދި ސޮސައިޓީ އޮފް މަނަދޫ ޔޫތު ލިންކޭޖްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް ޢަލީ މާޖިދެވެ. އަދި ނައިފަރު އެޑިޔުކޭޝަން ސެންޓަރގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް ޙުސައިން ރަޒީންއެވެ.

މި މަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ، ވީހާވެސް ކުޑަ އަގެއްގައިކަމަށް އައިލެންޑަރސް ގްރޫޕުން ބުނެއެވެ. މިއީ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ރަނގަޅުކޮށް ކުޑަ ޚަރަދެއްގައި ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެއްކަމަށް އައިލެންޑަރސް ގްރޫޕްގެ ޗެއަރމަން ޢަބްދުއްރަޝީދު ވިދާޅުވިއެވެ.