ތަޢުލީމު

ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބާއްވަން ނިންމައިފި


ވިލާ ކޮލެޖުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވާގޮތަށް، ބައިނަލްއަޤްވާމީ  ކޮންފަރެންސެއް މިއަހަރުގެ އޮކްޓޯބަރމަހު ބޭއްވުމަށް ނިންމައިފިއެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަންގެ ނަމުގައި ބާއްވާ މިކޮންފަރެންސްގެ މަވްޟޫއަކީ "ޗޭންޖިންގ ލައިވްސް: ޑިވަލޮޕިންގ ނޭޝަންސް". މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 22 ން 23ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިލާކޮލެޖްގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަންގެ ޑީން ޑޮކްޓަރ މުޙައްމަދު ޢާދިލް ވިދާޅުވީ، މިއީ ދުނިޔެ ތަރައްޤީވަމުން އަންނަ ހަލުވިމިނާއެކު މީހުންގެ ދިރިިއުޅުމަށާއި ޤައުމުތަކުގެ ޙާލަތަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެއްކަމަށެވެ.

މިކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ސޯޝަލް ސައިންސްއާ ގުޅޭ 8 ތީމެއް ކަނޑައަޅާފައިވާކަމަށް ޑޮކްޓަރ ޢާދިލް ވިދާޅުވިއެވެ. ކޮންފަރެންސްގައި ބައިވެރިވެ ކަރުދާސް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮންފަރެންސްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

މިކޮންފަރެންސްގައި ޔޫރަޕާއި އޭޝިއާގެ މަޤްބޫލު ޔުނިވަރސިޓީތަކުގެ ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެން ކަރުދާސް ހުށަހަޅުއްވާނެކަމަށް ވިލާކޮލެޖުން ބުނެއެވެ.