ހުޅުމާލޭ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި ހިނގި މާރާމާރީއަކާގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ނޭޕާލު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެއްގެ ދެމެދުގައިކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:08 ހާއިރުކަމަށެވެ. 
މި މާރާމާރީގައި ބަންގްލަދޭޝަން މީހާއަށް އަނިޔާވެފައިވާކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިހެން ނޭޕާލް މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.