ތިމާވެށި

ކެތޭ ޕެސިފިކްގެ މަންޒިލަކަށް ހިލޭ ދަތުރެއް ބޭނުންތަ؟


ރާއްޖޭގައި އޮޕަރޭޓްކުރާ ކެތޭ ޕެސިފިކް އެއަރލައިންގައި ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ކޮންމެވެސް އެއް މަންޒިލަކަށް ދެކޮޅު ޓިކެޓް ބޭނުން ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.

ދަ "ސަމަރސެޓް" ހޮޓަލާއި ކެތޭ ޕެސިފިކް ގުޅިގެން މާލެތެރެ ސާފުކުރުމަށް މާދަމާ ހިންގާ ސާފުކުރުމަށް ބޮޑު ހަރަކާތުގައި ބައިވެރިވާ ދެ ބޭފުޅަކަށް ކެތޭ ޕެސިފިކްގެ ކޮންމެވެސް އެއް މަންޒިލަކަށް ހިލޭ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ. ކެތޭ ޕެސިފިކްގެ މަންޒިލްތަކުގެ ތެރެއިން ހޮންކޮންގ، ވޭންކޫވަރ އަދި ކެނެޑާ ފަދަ މަންޒިލަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިދޭ މި ހަރަކާތަކީ އިޖްތިމާޢީ ރޫޙުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއްކަމަށް ސަމަރސެޓް ހޮޓަލުން ބުނެއެވެ. މުބާރާތެއްގެ ސިފައިގައި ރާވާފައިވާ މި ހަރަކާތަކީ ގިނަ ބަޔަކު އެކުވެގެން އެކި ޓީމްތަކަށް ބަހާލައިގެންވެސް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށް ސަމަރސެޓް ހޮޓަލުން ބުނެއެވެ.

fb:https://www.facebook.com/thesomersethotelmaldives/videos/1253604571324052/

މާލެތެރެ ސާފުކުރުމުގެ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް ހުޅުވިފައިވާއިރު، ފަތިހު ފަސްގަޑި ބައިގައި ސޯޝަލް ސެންޓަރުގެ ބާސްކެޓް ކޯޓުން ފެށޭ މި ހަރަކާތް ހަވީރު ވަންދެން ކުރިޔަށްދާނެ ކަމަށް ސަމަރސެޓް ހޮޓެލް އިން ބުނެއެވެ.