ތިމާވެށި

ކޮންމެ ރަށެއްގައި ކުނި މެނޭޖް ކުރުން- ސަރުކާރުގެ އަމާޒެއް


ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ކުނިކޮށްޓެއް އަޅުއްވައި، ކުނިކޮށީގައި ކާދު ހެދޭ މިންވަރަށް، ކުނިކޮށިތައް ތަރައްޤީކޮށްދެއްވުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވީ ކުނިކޮށިތައް ތަރައްޤީކުރައްވައި، ކުނިކޮށްޓަށް ބޭނުންވާ ޑަސްބިނާއި ކާދު ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.

" މިހާރުގެ އަމާޒަކީ ކުނިކޮށްޓެއް އަޅައި ދޫކޮށްލިޔަސް އެކަމެއް ނުހިނގާނެ، ކުނިކޮށްޓެއް އަޅާ ނިންމާފައި އެތަނަށް ބޭނުންވާ ޑަސްބިން ޕްރޮވައިޑްކޮށްދީ. އަދި ޑަސްބިން ލިބޭހިސާބުން މިނިސްޓްރީގެ ފަރާތުން އެރަށް ރަށުގެ މީހުން ޓްރެއިނިން ކުރުމުގެ މަސައްކަތް ވެސް ކުރިޔަށްގެންދާނެކަމަށް." އާމިރުވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14642647041513.jpg|މާޅޮހު ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނިން ތައްޔާރުކޮށްފައިވާ ގަސްކާނާ - ފައިލް ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ކުނިކޮށި އަޅުއްވައި ނިމުން އެތަނަށް ބޭނުންވާ ވަޞީލަތްތަކާއި ޓްރެއިނިންގެ ކަންކަމާއި އެހެނިހެން ވަޞީލަތްތައް ޕެކޭޖެއްގެ ގޮތުގައި، ކުނިކޮށި ޤާއިމުކުރައްވާ ރަށަށް ދެއްވާނެކަމަށް އެންވައިރަމަންޓް މިނިސްޓަރގެ ނާއިބު ޢާމިރު ވިދާޅުވިއެވެ. ރަށްރަށުގައި ޤާއިމުކުރައްވާފައިވާ ކުނިކޮށްޓަށް ބޭނުވާ ޑަސްބިންތަކާ ގުޅޭގޮތުން ވާހަކަ ފުޅުދައްކަވަމުން ޢާމިރު ވިދާޅުވީ ތަފާތު ޑިޒައިންތަކުގެ ޑަސްބިން ހުންނާނެކަށާއި މީގެ ތެރޭގައި ފުރޮޅުލީ ބޮޑެތި ޑަސްބިންވެސް ހުންނާނެކަމަށެވެ.

މިއަހަރުގެ ތެރޭގައި ކުނިމެނޭޖްކުރުމުގެ އިތުރު ޕްރޮޖެކްޓްތައް ބީލަން އުޞޫލުން  ކުރިޔަށް ގެންދަވާނެކަމަށް  އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.