ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ރޮސްމެކްސް ފާމަސީ އާއި ފަތަހަ މޯލް މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ތިން މެޗުގައި ފުރަތަ މެޗު ރޮސްމެކްސް އިން ކާމިޔާބުކުރީ ފްރެންޑްސް އޮފް މޯލްޑިވިސްއާ ވަދަކޮށް ރޮސްމެކްސް ކާމިޔާބުކުރީ 7 ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުމުން ފްރެންޑިސް ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 123 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 8 ބޯޅައިން 35 ލަނޑު ހެދި މުހައްމަދު ޝަމީމްއެވެ.
ޖަވާބުގައި ރޮސްމެކްސް ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިޔަކު ނުބައިވެގެން 124 ލަނޑުހަދާ މެޗު ކާމޔާބުކުރިއެވެ. އެޓިމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު ޝިޔާމެވެ. މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ފަތަހަ މޯލް މޮޅުވީ ލަންކާ ލަޔަންސް މޯލްޑިވިސްއާ ވާދަކޮށް 3 ވިކެޓުންނެވެ.
މެޗުގަގުރު ދިމާވުމުން ލަޔަންސް ތީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޚުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 40 ލަނޑު ހެދި ރަނުކަ ޕެރޭރާއެވެ. ޖަވާބުގައި ފަތަހަ މޯލް އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 99 ލަނޑުހަދާ މެޗު ކާމިޔާބު ކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 15 ލަނޑުހެދި ޒަކަރައްޔާ ހުސެއިންއެވެ.
ތިންވަނަ މެޗުގައި ގުރުދިމާވުމުން އެލިއާ މޯލްޑިވްސް އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 114 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ބޯޅައިން 31 ލަނޑު ހެދި މުހައްމަދު ޝިފާޒެވެ. ޖަވާބުގައި ރޮސްމެކްސް އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 118 ލަނޑު ހަދާ މެޗު ކާމިޔާބުކުއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 36 ލަނޑު ހެދި މުހައްމަދު ޝިޔާމެވެ.