ވިޔަފާރި

ކޮފީ ބުއިމަށް ފޯރިހުރި ޒުވާނުންނަށް އުފާވެރި ޚަބަރެއް!


މާލޭގައި ބަރިސްތާގެ ކޮފީ ޝޮޕެއް، އަންނަ އޮކްޓޫބަރު މަހުގެތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ބަރިސްތާ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ބަރިސްތާ މޯލްޑިވްސްގެ ޑިރެކްޓަރ ވަދީފް ޙަސަން ސަޢީދު ވިދާޅުވީ އިންޓަރނޭޝަނަލް ބްރޭންޑެއް ކަމަށްވާ ބަރިސްތާ ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ހިންގުމަށް އެއްބަސްވުމުގައި ރޭ ސޮއިކޮށްފައިވާ ކަމަށެވެ. މިއެއްބަސްވުމާއެކު މާލޭގައި ބަރިސްތާގެ ކޮފީ ޝޮޕެއް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވަދީފް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14682485040598.jpg|ބަރިސްތާ ކޮފީ ރާއްޖެއަށް ތައާރަފްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ބަރިސްތާ މޯލްޑިވްސް

ބަރިސްތާގެ ކޮފީ ޝޮޕެއް ހުޅުވާއިރު މި ކޮފީ ޝޮޕުން ރާއްޖޭގެ ސަޤާފަތާގުޅޭ ކެއުންތަކާއި އަދި އިޓާލިއަންއާއި ފްރެންޗްގެ ކެއުންތައް ލިބެން ހުންނާނެ ކަމަށް ވަދީފް ވިދާޅުވިއެވެ. ރާއްޖޭގައި ބަރިސްތާގެ ވިޔަފާރި ފެށުމަށް ނިންމީ ރާއްޖޭގެ ގިނަ ބަޔަކަށް ކޮފީއަކީ ވަރަށް ކަމުދާ ބާވަތަކަށް ވުމުން އިންޓަރނޭޝަނަލް ކޮލިޓީ ރަނގަޅު ކޮފީ ބޮވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖައްސައިދިނުމުގެ ގޮތުންކަމުގައި ބަރިސްތާ މޯލްޑިވްސްއިން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14682485261501.jpg|ބަރިސްތާ ކޮފީ ރާއްޖެއަށް ތައާރަފްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ބަރިސްތާ މޯލްޑިވްސް