ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްއެއް ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކެވެ.
ރަށްތަކުގައި ގާއިމުކުރާ މި އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމާއި، ލޯނަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
ބީއެމްއެލުން އަންނަނީ އެބޭންކުގެ ޚިދުމަތް ޑިޖިޓަލްކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން އަދި ފަސޭހައިން ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރަތަމަ އޭޓިއެމްގެ ޚިދުމަތް ދޭން ފަށާފައިވަނީ ދ. އަތޮޅުގައެވެ. އަދި ހއ. އަތޮޅުވާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭނެ ދެވަނަ އަތޮޅަށެވެ.