ތިމާވެށި

''އެނަރޖީ އެފިޝެންސީ" މުބާރާތަށް ކުރެހުން ސުންގަޑި އިތުރުކުރުން


''އެނަރޖީ އެފިޝެންސީ" ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެނަރޖީ އެފިޝެންސީ ކުރެހުމުގެ މުބާރާތަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއާއި އދ.ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނެޕް ގުޅިގެން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކުރެއްވީ ގިނަ ސްކޫލްތަކަކުން އެކަމަށް އެދިފައިވާތީ ކަމަށް އެންވަޔަރަމަންޓް މިނިސްްޓްރީން ވިދާޅުވެއެވެ. މި މުބާާރާތުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ޙޭލުންތެރި ކުރުވުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ހަކަތަ އިޤްތިސާދުކުރުމަށް ހިތްވަރު ދިނުމެވެ.

ހަތަރު އުމުރު ފުރައަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނައަށް އަންނަ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ހުށަހަޅާފައިވެއެވެ. މުބާރާތަށް ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 19 ވަނަ ދުވަހެވެ. މިނިސްޓްރީން ވިދާޅުވީ، މުބާރާތުގެ ކެޓަގަރީތަކުން އެއްވަނައަށް ހޮވޭ ކުރެހުންތައް ބޭނުންކުރާނީ ގާލްގައިޑްސް އަދި ސްކައުޓުން ޙޭލުންތެރި ކުރުވުމަށްޓަކައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝެންސީ ބެޖް ގެ ޑިޒައިން ފަރުމާކުރުމަށް ކަމަށެވެ.