ޚަބަރު

ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސްޓޯލް މަރުވެއްޖެ


ދެ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިއާގެ ކުރީގެ މަޝްހޫރު ޓެނިސް "ލެޖެންޑް" ފުރެޑް ސްޓޯލް އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ.

ސްޓޯލް ވަނީ 1965 ވަނަ އަހަރު ފްރެންޗް އޯޕަން އަދި 1966 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތުގައި އޭނާ ހަ ފަހަރެއްގެ މަތިން ފައިނަލަށް ދަތުރުކުރިއެވެ. އަދި ވިމްބަލްޑަން ތިން ފަހަރެއްގެ މަތިން ކާމިޔާބުކުރިއެވެ.

ސްޓޯލް ވަނީ 10 ފަހަރު ގްރޭންޑް ސްލޭމް މެންސް ޑަބަލްސް ޗެމްޕިއަންކަން އަދި 7 ފަހަރު މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ.

ޓެނިސް އޮސްޓްރޭލިއާއިން ބުނީ ގެއްލިގެން ދިޔައީ އެގައުމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ޝަހުސިއްޔަތު ކަމަށެވެ. ޓެނިސް އޮސްޓްރޭލިއާގެ ސީއީއޯ ކްރެއިގް ޓައިލޭ ބުނީ އޮސްޓްރޭލިއާގެ ރަން ޒަމާނުގެ ވާހަކަ ދައްކާއިރު ސްޓޯލްގެ ނަން އަންނަނީ އެންމެ ކުރިޔަށް ކަމަށެވެ. އަދި ސްޓޯލްގެ "ލެގަސީ" އަކީ ޓެނިހަށް އޮތް ލޯތްބާއި ހިދުމަތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.

ސްޓޯލް ވަނީ އޮސްޓްރޭލިއާއަށް 1946، 1965 އަދި 1966 ވަނަ އަހަރު ޑޭވިސް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޓެނިސް ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ކޯޗުކަމާއި ކޮމެންޓްރީ ދިނުމުގެ ރޮނގުން ޓެނިހަށް ހިދުމަތް ކޮށްދީފައެވެ.