މިއަހަރުގެ ރަމަޟާންމަހު ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރީގެ ބޭނުންތަކަށް މުދާ އުފުލޭނެ ގަޑިތައް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް މާލެ ސަރަޙައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައިކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން 16:30 ކަމަށެވެ. އަދި ރޭގަނޑު 8:00 އަކުން ހެނދުނު 6:00 އަށްވެސް މުދާ އުފުލޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެއާއެކު ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގަވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމަށް ކަނޑައެޅިފައިވާ ގަޑިތައް pic.twitter.com/sSoAKBJCKy
— Ministry of Transport and Civil Aviation (@MoTCAmv) February 28, 2025
ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަސް ނިމެންދެން މުދާ އުފުލޭނީ ހެނދުނު 6:00 އަކުން ހަވީރު 4:30 އަށް ކަމަށެވެ. އަދި ރޭގަނޑު 8:00 އަކުން ހެނދުނު 6:00 ކަމަށެވެ.
މުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޮންމެ ރަމަޟާންމަހާ ދިމާކޮށްވެސް މުދާ އުފުލޭނެ ގަޑިތަކަށް ކަމާބެހޭ ފަރާތްތަކުން ބަދަލު ގެނެއެވެ. މީގެ ބޭނުމަކީ މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމެވެ. ޚާއްސަކޮށް ރަމަޟާންމަހުގެ މެންދުރާއި ހަވީރުގެ ވަގުތުތަކަކީ ކާރުބާރު ބޮޑުވާ ވަގުތަކެއްކަމުން މި ވަގުތުތަކަށް ޚާއްސަ އިސްކަމެއްދީގެން ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.