ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ޓީމަށް ރިހި މެޑެލް


އިންޑިޔާގެ ނިއުދިއްލީގައި ކުރިޔަށްދިޔަ ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ރިހި މެޑެއްޔާއެކު ރާއްޖެއިން މުބާރާތް ނިންމާލައިފިއެވެ.

އިންޑިޔާ އާއި ނޭޕާލާއި ރާއްޖެ ވާދަކުރި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލުގައި އިންޑިޔާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 107 - 32 ޕޮއިންޓުންނެވެ. މުޅި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ.

ދެން ރާއްޖޭގެ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ 6 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމެވެ.

އިންޑިޔާއިން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 20 ހޯދި ދަރުޝީނީއެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ އިން ބައިވެރިއެއްނުވެއެވެ. އެޓީމުން ފަހުވަގުތު ބައިވެރި ނުވުމުން ވަނީ ފިޔަވަޅު އަޅާފައެވެ.