ޚަބަރު

3 މަޤާމަކަށް ބޭފުޅުން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިސްޓަރ އޮފް ސްޓޭޓްކަމުގެ މަޤާމަށް އެއް ބޭފުޅަކު އަދި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މައްޗަންގޮޅި ކަސެންކާ ޑޮކްޓަރ ޢަޠާއު ﷲ އަޙްމަދު ރަޝީދުއެވެ. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މާފަންނު މާހިއާ އަލްފާޟިލާ ލީޝާ މުޙައްމަދުއެވެ. އަދި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ގަލޮޅު ފިނިވިލު އަލްފާޟިލް މުޙައްމަދު ޠަލާލެވެ.