ޚަބަރު

ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމަށް މާފަންނު ސްޓާރ ފާޠިމަތު ރަޒީނާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. 

ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގައި މިހާތަނަށް ހުންނެވީ ދަފްތަރު ނަންބަރު 5095 އަލްފާޟިލާ ޚަދީޖާ ޙުސެއިނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޚަދީޖާ ޙުސެއިން މިއަދު މަޤާމުން ވަކިކުރައްވާފައިވާކަމަށެވެ. އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށްޚަދީޖާ ޙުސެއިން އައްޔަންކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.