ޚަބަރު

ޓްރައިބިއުނަލްގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްއާއި ނައިބު ރައީސްގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ ޒެނިތު، އަލްއުސްތާޛް ފާއިޒު ރަޝާދުއެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ ކަރަންކާގޭ އަލްއުސްތާޛް އިސްމާޢީލް އަޙްމަދެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 27 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އިދުރީސް އިސްމާއީލާއި ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ އަލީ މަގާމުން ވަކި ކުރައްވާފައެވެ.