ޚަބަރު

މާދަމާ އިސްލާމީ މަރުކަޒުގައި ޢީދު ސަލާންކުރެއްވުން އޮންނާނެ


ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢީދު ސަލާން ކުރެއްވުން މާދަމާ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ފިޠުރު ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ،މާދަމާ ހެނދުނު 8:30 ން 9:30 އަށް އިސްލާމީ މަރުކަޒުގައެވެ.

ޢީދު ސަލާންކުރަން ދިއުމުގެ ފުރުޞަތުހުރިހާ ރައްޔިތުންނަށް ވަނީ ހުޅުއްވާލައްވާފައެވެ. އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށްވެސް ރައީސްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިކަމަށް ވަނީ ދަޢުވަތު ދެއްވާފައެވެ.

ޢީދު ސަލާން ކުރުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާންކުރުމުގައި ބައިވެރިވެދިނުމަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަންނަވައެވެ.

އިސްލާމީ މަރުކަޒު ނޫން އެހެން މިސްކިތްތަކަށް ނަމާދަށްދާ މީހުންނަށްވެސް އިސްލާމީ މަރުކަޒަށް ގޮސް ޢީދު ސަލާން ކުރުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ.